މުޒާހަރާތަކާ ގުޅިގެން ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން އުވާލައިފި، ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން ކުރުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވުމާ ގުޅިގެން، ސޯޝަލްމީޑިއާ ބޭން ކުރުމަށް ނިންމި ނިންމުން އުވާލާ، އެ ގައުމުގެ ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޮލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޭޕާލުގައި ހުއްޓުމެއްނެތި މުޒާހަރާތައް ކުރަމުންދަނީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމާ ގުޅިގެންނެވެ. މި މުޒާހަރާތަކުގެ ތެރެއިން އަންނަނީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަމާ ދެކޮޅަށްވެސް އަޑުއުފުލަމުންނެވެ.

ނޭޕާލްގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވުމުން، ސަރުކާރުން ވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޮލްކް ކުރަން ނިންމި ނިންމުން އުވާލާފަ އެވެ.

މީގެއިތުރުން މި މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރުވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބޮޑުވަޒީރުގެ މަގާމާ އޮލީ ހަވާލުވީ 15 ޖުލައި 2024 ގަ އެވެ. ނޭޕާލްގެ ރައީސްއަށް ބޮޑުވަޒީރު އޮލީ ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އޭނާ މަގާމަށް ދުރަށްޖެހުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ. ބޮޑު ވަޒިރުގެ އިތުރުން ނޭޕާލްގެ ސަރުކާރުގެ ހޯމް މިނިސްޓަރު، އެގްރިކަލްޗަރ މިނިސްޓަރު އަދި ވޯޓަރ ސަޕްލައި މިނިސްޓަރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހޯމް މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މުޒާހަރާތަކުގައި 19 މީހަކު މަރުވި މައްސަލައިގަ އެވެ. މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ބޮޑުވަޒީރު އޮލީ ވަނީ އެކަން ތަހުގީގު ކުރެއްވުމަށް އަމުރުކުރައްވާފަ އެވެ.

ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމަށް ނިންމީ، އެ ޕްލެޓްފޯމްތައް ރަޖިސްޓްރީކުރުމަށާއި، ލޯކަލް ކޮންޓެކްޓެއް އަދި ޝަކުވާތައް ބަލާނެ ފަރާތެއް ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ނުކުރުމުންނެވެ.

މިކަމާ ދެކޮޅަށް ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކުގައި ސަރުކާރަށް ނިސްބަތްވާ މީހުންގެ އަމިއްލަ ދެގޮތާއި ސަރުކާރު ޕާޓީގެ އޮފީސް ފަދަ ތަންތަނުގައި އާންމުން ވަނީ ހުޅުޖަހާފަ އެވެ. މުޒާހަރާތަކާއި ގުޅިގެން ނޭޕާލްގެ ބައެއް ސަރަަހައްދުތަކުގައި ވަނީ ކާފިއުވެސް އިއުލާނުކޮށްފަ އެވެ.

ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ