ފޯނެއް ހޯދަން ފުލުހުން ހިންމަފުށީ ރީހެބަށް ވަދެއްޖެ

Advertisement

އެންމެ ފަސް

Advertisement

ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ’ކުޑަ ފޯނެއް‘ ވައްދާފައިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެތަނަށް ފުލުހުން ވަދެއްޖެ އެވެ.

’ޖަވިޔަނި‘ އަށް މައުލޫމާތުދެއްވަމުން ޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ، ”އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ގޮތުގައި އާދަޔާ ހިލާފަށް ކުޑަ ފޯނެއް ގެންގުޅޭކަމުގެ މަޢުލޫމާތު ލިބިގެން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މޮނިޓަރ ކުރަމުން ގޮސް މިއަދު މި ޚާއްސަ އޮޕަރޭޝަން މި ފެށީ“ ކަމަށެވެ.

އެންޑީއޭގެ ބެލުމުގެ ދަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ދޭތެރެ ދޭތެރެއިން ފުލުހުންގެ އޮޕަރޭޝަންތައް ހިންގާ ކަމަށާއި، ޝައްކުކުރެވޭ ކަމެއް ނެތަސް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ލުބްނާ އިތުރަށް ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓުގެ ޚާއްސަ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި އޮޕަރޭޝަންގެ ދަށުން ރިހެބިލިޓޭޝަން ސެންޓަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ