ގޭންގް ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ތިން މީހަކު ބަންދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މާލެއިން ތިން މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އެ މީހުން ބަންދުކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރެއް ކަމަށްވާ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިންގވިޔު އަހުމަދު ނަވާޒް (30އ) އާއި ލ. މާބައިދޫ، ބަށިމާގެ މުހައްމަދު ޝިދާދް (22އ) އަދި މއ. މޯނިންގވިޔު އިބްރާހިމް ޒައިދާން (22އ) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުތަކުގައިވާ ގޮތުން، ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން ނަވާޒު 30 ދުވަހަށް ބަންދުކުރުމަށާއި، އަނެއް ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މިއީ މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން ބަންދުކުރެވުނު ފުރަތަމަ ފަރާތްތަކެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ފެނިފައިވާ 2 ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫންކަމަށް ދިފާއުން ބުނެފައިވާ ކަމަށެވެެ. ނަމަވެސް ހުށަހަޅާފައިވަ ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަމަށް ބެލެވެން ނެތްކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި މިއީ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިއަށް އޮތްތަނުގައި ހުށަހަޅާއިރު ތަހުގީގު ކުރާ ފަރާތުން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ އިތުރު ބާރުތަކުގެ ސަބަބުން، ގޭންގް ކުށްތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތައް މަދުވެ، މުޖުތަމަޢުގެ އަމާންކަން އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ