މީޑިއާ ބިލް ދިރާސާކުރުމަށް 4 މަސް ދުވަސް ދިނުމަށް އެމްޖޭއޭ އިން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

މީޑިޔާތައް ކޮންޓްރޯލް ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް ހަތަރު މަސްދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެއެވެ.

މިކަން އެ ޖަމިއްޔާއިން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމަށްފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި މި ބިލު އަވަސްކުރަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ކޮމިޓީގައި ނޫސްވެރިން ސުވާލުކުރި ނަމަވެސް، އެ ސުވާލުތަކަށް ކޮމިޓީގެ ފަރާތުން ޖަވާބެއް ދީފައި ނުވެއެވެ. އެމްޖޭއޭ އިން ވަނީ ސިޓީއަކުން މި ބިލު ދިރާސާ ކުރުމަށް ހަތަރު މަސްދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ.

”އެއީ މިހާރު މި އޮތް ރެގިއުލޭޓްރަރީ ނިޒާމް ރިވިއު އެއް ހެދުމާ އެކީގަ މިހާރު ހުށަހަޅާފައި މިއޮތް ބިލުގެ އެނެލަސިސް އަކާއި އެކީގަ އެމްޖޭއޭގެ ފަރާތުން އެނެލަސިސް ކޮމިޓީއަށް ގެންނަން. އެހެންމަ އަޅުގަނޑުމެން އުންމީދަކީ އަނެއްކާވެސް ކޮމިޓީއިން އެފުރުސަތު އަނެއްކާވެސް ދޭނެ ކަމަށް،“ ޖުނައިދު ވިދާޅުވިއެވެ.

އިއްޔެގެ ކޮމިޓީގައި ގިނަ ނޫސްވެރިން ވަނީ މި ބިލު ބޭރުކުރަން ޖެހޭ ކަމަށާއި އެކަމަށް ގިނަ ސަބަބުތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ. އަދި ކޮމިޓީއަށް ހާޒިރުކުރި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ ވެސް ވަނީ މިފަދަ ބިލެއް ޑްރާފްޓިންގ މަރުހަލާގައި ވެސް ފުންކޮށް ދިރާސާކުރަން ޖެހޭނެ ކަމަށާއި، މި ބިލު ހުށަހަޅާފައިވަނީ އެއްވެސް ވަރަކަށް ދިރާސާނުކޮށް ކަމަށް ފާހަގަކުރައްވާފައެވެ.

މީޑިއާ ބިލް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ