ފުލުހުންނަކީ މުޖުތަމައުގެ ބަލަދުވެރިން ކަމަށާއި އެކަން ހުރިހާ ފުލުހުންވެސް ހަނދާނުގައި ބަހައްޓަން ވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ސީޕީ ނަވީން ވިދާޅުވީ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ ފުލުހުންގެ ހިދުމަތަށް އަލަށް ނިކުންނަ ފުލުހުން، ފުލުހުންގެ ބެޖުގެ ޝަރަފާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ.
އަޅުގަނޑުމެންނަކީ ހަމައެކަނި ފުލުހުންނެއް ނޫން. އަޅުގަނޑުމެންނަކީ މުޖުތަމައުގެ ބަލަދުވެރިން. މިކަން ހުރިހާ ފުލުހުންވެސް ކަނުލާ [އަޑުއަހާ] ހަނދާން ބަހައްޓަންވާނެ.
ފުލުހުންގެ މަސައްކަތްތަކުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއި ވަކި ފަރާތަކަށް ނުޖެހުމާއި އަދި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ސީޕީ ނަވީން ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުން ކުރާ ކޮންމެ އަމަލަކުންވެސް ރައްޔިތުންގެ އިތުބާރު އިތުރުވުމާއި އިތުބާރު ގެއްލުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ހެދިފައިވާ ގާނޫނު ތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ފުލުހުން ވާންވާނެ ކަމަށެވެ. ސީޕީ ނަވީން ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ބަޔަކަށް ވާން އަބަދުވެސް އިސްކަން ދޭންވާނެ ކަމަށާއި ރައްޔިތުންނާ ގާތްކަން ބަހައްޓާ ރައްޔިތުންގެ އިހުތިރާމް ހޯދަން މަސައްކަތް ކުރަން ވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް