މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު %222 އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ޖުލައި މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު 65 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ އަގު 210 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މީގެއިތުރުން، 2024 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2024 ގެ ފުރަތަމަ ހަތް މަހު 945 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، 2023 ގެ މި މުއްދަތުގައި އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ މައިގަނޑު ބައި އެކުލެވިގެންވަނީ މަހާއި މަހުގެ ބާވަތްތަކުގެ މައްޗަށެވެ. މިގޮތުން ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައިވެސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ އެކި ބާވަތްތަކެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން އެންމެ ބޮޑު ބައެއް އަމާޒުވެފައިވަނީ ތައިލެންޑަށެވެ. އެގޮތުން ތައިލެންޑަށް 809.44 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސިވިލާތަށް 252.46 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.

ކަސްޓަމްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ