ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ ބިންތަކެއް ހިފުމަށް ޔަހޫދީ އަސްކަރިއްޔާއިން އަމުރުނެރެފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ ބިންތަކެއް ހިފުމަށް ޔަހޫދީ އަސްކަރިއްޔާއިން އަމުރުނެރެފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ޤަލްޤިލްޔަ ސިޓީގެ އިރުމަތީގައި އޮންނަ ބިންތަކެއް ހިފުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އަމުރުނެރެފަ އެވެ.

3.9 އޭކަރުގެ މި ސަރަހައްދު ހިފުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދެ އަމުރެއް ނެރެފައިވަނީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ޔަހޫދީން އެތަންތަނުގައި ވަޒަންވެރިކުރުވުމަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން ފަލަސްތީނުގެ 150 އެއްހާ ދަނޑުވެރިންގެ ދަނޑުބިންތައް، ގަދަބާރުން އިޒްރޭލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދާނެ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ 63 އާސާރީ ސަރަހައްދަކީ، އިޒްރޭލުގެ ތަރިކަ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން މިފަހުން އިއުލާނުވެސް ކޮށްފައިވެ އެވެ. ފަލަސްތީނުގެ އާސާރީ ތަންތަނަށް ވެރިވެގަނެ އެތަންތަން އިޒްރޭލުން ފޭރެނީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ޔަހޫދީން އެތަންތަނުގައި ވަޒަންވެރިކުރުވުމަށް ހީލަތްތެރިކަމާއެކު ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައިވެސް މީޑިއާތަކުން އޭރު ރިޕޯޓުކޮށްފައިވެ އެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތައް ޔަހޫދީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްތައް ކުރަމުންދާއިރު، ޣައްޒާ އެއްކޮށް ހިފުމުގެ މަސައްކަތްވެސް އިޒްރޭލުން ވަނީ ފަށާފަ އެވެ.

އިޒްރޭލް-ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ