އެމްޓީސީސީ އިން އެގްރޯނެޓް ގެ ބޯޓުތައް ހިންގަން ޝައުގުވެރިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ބޭނުންކުރާ އެގްރޯނެޓް ބޯޓުތައް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިކަން އެ ކުންފުނިން ފާޅުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެމްޓީސީސީގެ އުޅަނދުތަކުގެ ތެރޭގައި އެގްރޯނެޓް ބޯޓުތައް ހިމަނައިގެން ހިންގުމަށް އެ ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ވަނީ ރައީސް އޮފީހުގެ ނިންމުމަކާއެކު، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމުގައި ބުނެފައެވެ. މި ބައްދަލުވުމުގައި ފެރީ ޚިދުމަތްތަކުގެ ތާވަލުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތާވަލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެ ތަފްޞީލުތައް ވުޒާރާއާ ހިއްސާކުރުމަށްފަހު، އެ ތާވަލުތައް މުރާޖަޢާކޮށް ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލާނެއެވެ. އަދި މި މަޢުލޫމާތުތައް ދަނޑުވެރިންނާ ހިއްސާކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ