ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ މުއާހަދާގެ ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ރިވިއު ސެޝަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާ ގެ ދަށުން، 2018 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސްއިން ރިވިއުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މި ސެޝަން އޮތީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީހުގަ އެވެ.

މި ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނެނީ  އެޓާނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނެވެ. މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދިނެވެ.

ރާއްޖެއިން ހުށަހެޅި އިނީޝިއަލް ރިޕޯޓުގައި އެ މުއާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެގޮތަށް ލިބިދިނުމަށްޓަކައި، 2010 އިން 2018 ގެ ނިޔަލަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން މައުލުމާތުދީފައިވެ އެވެ. ރިޕޯޓާ ގުޅިގެން ކޮމިޓީން 2022 ގައި ފޮނުވި ސުވާލުތަކަށް 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައިވެސް ޖަވާބު ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމް ވާހަކަދެއްކެވި ކަމަށެވެ. އެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ޙައްޤުތަކެއްކަން ފާހަގަކުރައްވާ ހަމަހަމަ ފުރުސަތުތަކާއި، ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ޤާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ކަމަށް ވިދާޅުވި އެވެ.

މި ރިވިއުގައި، މުއާހަދާ ތަންފީޒުކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ޖަވާބުދާރީވި ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ރާއްޖެއިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަވޭޝަންތަކާއި ރިކޮމެންޑޭޝަންތައް އެޑޮޕްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2025 ގައި ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ