ދިމާވި މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލެއަށް އަލުން ކަރަންޓުދީފި

Advertisement

އެންމެ ފަސް

Advertisement

ދިމާވި މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލެއަށް އަލުން ކަރަންޓު ދީފި އެވެ.

މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މެންދުރު 12:35 ހާއިރު އެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

”ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން.“ ސްޓެލްކޯއިން ބުނެފައިވެ އެވެ.

ޖޫން 1 ވަނަ ދުވަހު، ގާތްގަނޑަކަށް 6 ގަޑިއިރަށް މާލެ ހުޅުމާލެ ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވެސް ގޮސްފައިވެ އެވެ. އަދި އެ ދުވަހު ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެފަހުން މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ކަންކަން ދިމާވެ އެވެ.

ކަރަންޓުގެ ހިދުމަތް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ