ހުޅުމާލެ ފޭސް 2 ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހީގައި ގާއިމްކުރާ ފުލުހުންގެ ޑާޓާ ސެންޓަރު އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ހެޑް ޑރ. މުހައްމަދު އަލް ކުވައިތީ، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި މި ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރެވޭ ސެންޓަރެކެވެ.
މި ސެންޓަރު ގާއިމްކުރުމުން ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަން ކުރެވި، ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން މިއަދު ވަނީ ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް އިފްތިތާހުކޮށްފަ އެވެ. މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހުއްޓުވައި އަދި އެފަދަ ކުށްތައް މަދުކުރުމެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް