އީއާރްއޭ ހިންގުމަށް ބަދަލުތަކެއް؛ ބޯޑު އުވާލުމަށްފަހު ސީއީއޯއެއް

Advertisement

އެންމެ ފަސް

Advertisement

އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފި އެވެ.

އީއާރްއޭ (ކުރީގެ އީޕީއޭ) އަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ގެނައި ބަދަލުތަކުގެ ތެރޭގައި އެ އޮތޯރިޓީގެ ގަވަނިންގ ބޯޑު އުވާލާ އެ އޮތޯރިޓީ ހިންގުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ޗީފް އެގްޒެކެޓިވް އޮފިސަރަކާ ހަވާލު ކުރުން ހިމެނެ އެވެ. އަދި ސީއީއޯގެ ދަށުން އިދާރީ ހިންގުން ކުރިއަށްގެންދިއުމަށް ސިވިލް ސަރވިސް މަޤާމެއްގެ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

އީޕީއޭގެ ނަން އީއާރްއޭއަށް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ނެެރުއްވި ގަރާރަކުންނެވެ. ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެ އޮތޯރިޓީގެ ނަން އޮތް ގޮތުން އެ އޮތޯރިޓީގެ މަގްސަދު އޮޅޭތީ އެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ހުރިހާ ސިޔާސަތެއް ކަނޑައަޅާނީ މިނިސްޓްރީން ކަމަށާއި އޮތޯރިޓީގެ ބޭނުމަކީ އެ ސިޔާސަތުތައް ރެގިއުލޭޓް ކުރުންކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ރެގިއުލޭޓަރީ އޮތޯރިޓިއެކެވެ. އީޕީއޭ އުފެއްދީ ޑިސެމްބަރު 18، 2008 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. މި އޮތޯރިޓީ އުފެއްދީ އެންވަޔަރަންމަންޓަލް ރިސާޗް ސެންޓަރާއި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ އެއްކޮށްލުމަށް ފަހު އެވެ.

އީޕީއޭ އަކީ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ ގާނޫނު (4/93) ގެ ދަށުން ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމާއި ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖްކުރުމާއި ތަގައްޔަރުވުން ހުއްޓުވުމުގެ ރެގިއުލޭޓަރީ ބޮޑީ އެވެ. އަދި އާންމު ހިދުމަތުގެ ގާނޫނު (4/96) ގެ ދަށުން މުނިސިޕަލް ފެނާއި ނަރުދަމާގެ ހިދުމަތްތައް ވެސް އީޕީއޭ އިން ރެގިއުލޭޓް ކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ