ދިމާވި މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި

Advertisement

އެންމެ ފަސް

Advertisement

މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު މާލެއާއި ހުޅުމާލެއިން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަ އެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުން ސްޓެލްކޯއިން ވަނީ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުން ގޮސްފަ އެވެ.

ސްޓެލްކޯ އިން ބުނީ އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 12:02 ގައި ކަމަށެވެ. އަދި ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައިވެ އެވެ.

ޖޫން 1 ވަނަ ދުވަހު މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ލިބިފައިވަނި ގާތްގަނޑަކަށް ހަ ގަޑިއިރު ފަހުންނެވެ. އޭގެފަހުންވެސް ރޭގަނޑުގެ ވަގުތެއްގައި މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ ރޭވެސް ކަރަންޓުގެ ހިދުމަތް އަނބުރާ ފޯރުކޮށްދެވުނީ ގަޑިއެއްހާރު ފަހުންނެވެ.

މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ސްޓެލްކޯއިން، ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެ އެވެ.

ކަރަންޓުގެ ހިދުމަތް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ