އެމެރިކާއިން އަންގައިގެން ހިޒްބުﷲގެ ހަތިޔާރުތައް ނައްތާލުމަށް ލުބުނާނުން މަޝްވަރާ ކުރަން ފަށަައިފި

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ އެދުމުގެ މަތިން، ހިޒްބުﷲގެ ހަތިޔާރުތައް ނައްތާލުމާ ގުޅޭ މަޝްވަރާތައް ލުބުނާނު ސަރުކާރުން އަލުން ފަށައިފި އެވެ.

މިއީ ހިޒްބުﷲ އިން މިކަމަށް ކުރިން ދެކޮޅު ހަދާފައި ވަނިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމަށްފަހު، ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވި ގޮތުގައި، ”ހަތިޔާރު ގެންގުޅުމުގެ ބާރު ހަމައެކަނި ދައުލަތަށް ލިބިދިނުމަށް“ އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ވަޒީރުން ތާއީދު ކޮށްފައިވާ ކަމަށެވެ.

ހިޒްބުﷲގެ ސިޔާސީ ކައުންސިލްގެ ޑެޕިއުޓީ ޗީފް މަހްމޫދު މި ނިންމުމަށް ފާޑުކިޔައި، މިއީ ”ނިކަމެތިކަމުގެ ދަތުރެއް“ ކަމަށާއި އިސްރާއީލާއި އެމެރިކާއަށް ބޯލެނބުމެއް ކަމުގައި ވިދާޅުވި އެވެ. އޭނާ އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ”އަދުއްވުން ބިން އޮކިއުޕައި ކޮށްގެން ތިއްބައި، އަދި ކޮންމެ ދުވަހަކު ލުބުނާނަށް ހަމަލާދެމުންދާއިރު، އެއްވެސް ދައުލަތަކުން ނުވަތަ ސަރުކާރަކުން އެމީހުންގެ އަމިއްލަ ސަރަހައްދުގައި ރެސިސްޓަންސްއާ ދެކޮޅަކަށް ނުތެދުވާނެ“ އެވެ.

މި މަޝްވަރާތައް ފެށުނީ، އަހަރު ނިމުމުގެ ކުރިން ހަތިޔާރު ގެންގުޅުމުގެ ހުއްދަ ހަމައެކަނި 6 ރަސްމީ ބާރުތަކަކަށް ހަނިކުރުމަށް ވަޒީރުން ނިންމި ތާ ދެ ދުވަސް ފަހުންނެވެ.

ރޮއިޓަރޒް ނޫހަށް ލުބުނާނުގެ ތިން ސިޔާސީ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ހިޒްބުﷲގެ ހަތިޔާރު ނައްތާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔައިރު، ހިޒްބުﷲގެ ވަޒީރުންނާއި ޝީއީ މުސްލިމް ކެބިނެޓް މެންބަރުން ބައްދަލުވުމުން ވަކިވެގެން ގޮސްފައިވާ ކަމަށެވެ.

މި މަޝްވަރާތައް ފެށުމުން އެކަމާ ދެކޮޅަށް ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހިޒްބުﷲ އިން ހަތިޔާރު ގެންގުޅުމަށް އެމީހުން ތާއީދު ކުރާކަމަށް ބުނެފަ އެވެ.

ހިޒްބުالل

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ