ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ސުޕްރީމް ކޯޓުގަ އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ނިޒާމާއި މުވައްޒަފުންގެ އޮނިގަނޑާއި ޖުޑީޝަރީގެ ބަޖެޓުގެ ކަންކަމުގައި ދެބޭފުޅުން މަޝްވަރާކުރައްވި ކަމަށެވެ. އަދި ޖުޑިޝަރީއަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެއްވި ކަމަށްވެސް ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވެ އެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރެއްވީ އިއްޔެ އެވެ.
އުއްތަމަ ފަނޑިޔާރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)