ރަންފަރު ފަޅަކީ މާޅޮހު ބައެއްގެ ގޮތުގައި ހަމަޖައްސައިފި

Advertisement

އެންމެ ފަސް

Advertisement

އއ. އަތޮޅުގައި އޮންނަ ރަންފަރު ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިކަން އިޢުލާނުކުރައްވަމުން ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ޤަރާރު ނަންބަރު 20/2025 ގައެވެ.

މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އއ. އަތޮޅުގެ ރަންފަރު ފަޅު އިތުރުކުރައްވައި، އެ ރަށުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތްވެސް ވަނީ ކަނޑައަޅުއްވައިފައެވެ. މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުވެސް ވަނީ އަދާހަމަކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އއ އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ފުއްދަވައިދެއްވުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް އއ. މާޅޮސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ