އާރްޑީސީގެ އެމްޑީ ޒުހައިރު އެ މަގާމުން ވަކިކޮށް އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެމްޑީގެ މަގާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު، އެ މަގާމުން ވަކިކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީއަކަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ޖުލައި 30، 2025 ވަނަ ދުވަހު، އެޗްޑީސީގެ އެމްޑީގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އާރްޑީސީގެ އެމްޑީގެ މަގާމަށްވެސް ޕީސީބީން ވަނީ މީހަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ މއ. އެލީޒިއަމް އިބްރާހިމް ނަޒީމް އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މައުރޫފް ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކަށް އިތުރު ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތަކެއްވެސް މިހާރު ވަނީ ފެތުރިފަ އެވެ. ސަރުކާރުން އަންނަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނިތަކުގެ ހިންގުމަށް ބަދަލުތައް ގެންނަމުންނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ