އެޗްޑީސީގެ އެމްޑީ މައުރޫފް އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މޭނިޖިން ޑައިރެކްޓަރ މައުރޫފް ޖަމީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުރޫފް އެޗްޑީސީގެ އެމްޑީޕީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ. މައުރޫފް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.

މީގެކުރިން މައުލޫމާތުލިބިފައިވާ ގޮތުގައި މައުރޫފް މަގާމުން ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައިއޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުންނެވެ.

މައުރޫފު މަޤާމުން ދުރަށް ވަޑައިގަތީ ސިއްހީ ބައެއް ކަންކަމާ ގުޅިގެންކަމަށާއި މިއީ ކުރިއާލާ ނިންމާފައިވާ ނިންމުމެއްކަމަށް މައުލޫމާތު ލިބެ އެވެ. އަދި މައުރޫފް ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ ”އެޑްވައިޒަރީ“ ފެންވަރުގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މައުރޫފަކީ އެޗްޑީސީ އުފެއްދިއިރުވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މައުރޫފަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްޤީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ މިނިސްޓަރުކަމާއި އެޗްޑީސީ އަދި އެޗްޑީއެފްސީގެ މުހިންމު މަޤާމުތަކެއްވެސް އަދާކުރައްވާފައިވެއެވެ.

މައުރޫފަކީ އާކިޓެކްޗަރ އަދި ހެރިޓޭޖުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، އަދި މިހާރުވެސް އެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ