މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ މަރާލި ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެެނެސްފި އެވެ.

ފުލުހުން ބުނެފައިވަނީ، މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު، އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ހަމަލާ ދިނުމުގައި ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައިވަނީ މޫދަށް ފީނައިގެންކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ