އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ ތ. ވަންދޫއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު އެވެ.
ތައިބާ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ އިސްމާއީލް އަހުމަދު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ތައިބާ ހައްޖު އުމްރާ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްމާއީލް އަހުމަދުގެ ޖަނާޒާގައި މައްކާގައި މިވަގުތު ތިބި ދިވެހިން ބައިވެރިވުމަށް އެ ގްރޫޕުން ވަނީ އެދިފަ އެވެ.
.
