ބޮޑުވަޒީރު މޯދީ، ނައިބު ރައީސްއާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވައިފި އެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު ނައިބު ރައީސްއާ ބައްދަލުކުރައްވާފައިވަނީ މިއަދު އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ނައިބު ރައީސްއާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އެގޮތުން ކުރި މަޝްވަރާގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށް މޯދީ ވިދާޅުވި އެވެ.

މީގެއިތުރުން ދެޤައުމުން ދަނީ އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން ކަމަށާއި، މިކަމުން ދެޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށްވެސް މޯދީ ވިދާޅުވި އެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން ކަމަށް ވިދާޅުވި އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންފައިވަނީ އިއްޔެ އެވެ. އަދި މިއަދު މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ