ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންނަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުމަށްޓަކައި ގޯތި ދޫކޮށްލާކަށް ނުޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކުރިން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ މި ޝަރުތަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަކަށް ވެފައި، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ޝަރުތަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީއާވެސް އެކުގަ އެވެ.
އަދި 15 ނޮވެންބަރު 2023 ގައި މިނިސްޓްރީން އިއުލާންކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުމެއް މިހާތަނަށް ފޮނުވާފައި ނުވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ބިންވެރިޔާ ސްކީމް ބޯހިޔާވަހިކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެދޮރުވެރިޔާ ސްކީމް
