ދަރިންގެ ހަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކުރަން ފަށައި، އަހުމަދު އަލީގެ ފޮޓޯ އާންމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދަރިންގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުންނުދާ މީހެއްގެ ވަނަވަރު ފެމިލީ ކޯޓުން އާންމުކޮށްފި އެވެ.

މިއީ މިފަދަ މައްސަލައެއްގައި މީހެއްގެ ފޮޓޯ އަދި ވަނަވަރު ފެމިލީ ކޯޓުން އާންމުކުރި ފުރަތަމަ ފަހަރެވެ.

ފެމިލީ ކޯޓުން އާންމު ކޮށްފައިވަނީ އަޙްމަދު ޢަލީ، މާލެ ދަފްތަރު ނަންބަރު 2758، ގެ ވަނަވަރު އަދި ފޮޓޯ އެވެ.

 

ފެމިލީ ކޯޓުން ބުނެފައިވަނީ، ސާބިތު ޙަރަދަށް ފައިސާ ނުދައްކާ ފަރާތާމެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުގައި މި ފަރާތަކީ، ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން އާންމުކޮށް އަންގާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް މެޖިސްޓްރޭޓް ކޯޓުތަކުންވެސް ވަނީ މިގޮތަށް ދަރިންގެ ޚަރަދު ނުދޭ ފަރާތްތަކުގެ ވަނަވަރު އާއްމުކުރަން ފަށާފަ އެވެ.

ހުކުމާ އެއްގޮތަށް ދަރިންގެ ހަރަދަށް ފައިސާ ނުދޭ މީހުންގެ ވަނަވަރު އާންމު ކުރަނީ އާއިލާއާ ބެހޭ ޤަވާއިދުގެ 55 ވަނަ މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރަށް ރިއާޔަތް ކޮށެވެ. އާއިލާއާ ބެހޭ ޤަވާއިދުގެ 55 ވަނަ މާއްދާ އަކީ، ހުކުމާ އެއްގޮތަށް ސާބިތު ހަރަދުގެ ފައިސާ ނުދައްކައިގެން ހުށަހަޅައިފިނަމަ އަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާ އެވެ. މި މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ދަށުން ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ޝާއިޢު ކުރުމުގެ އިޚްތިޔާރު އެ ކޯޓަކަށް ލިބިގެންވެ އެވެ.

ފެމިލީ ކޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ