ހުޅުދޫގައި ސިޓީ ހޮޓަލާއި ގެސްޓްހައުސް ތަރައްޤީކުރާނެ ފަރާތެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ހުޅުދޫގައި ސިޓީ ހޮޓާގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެސިޓީގެ ހުޅުދޫގައި ސިޓީ ހޮޓަލެއްގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 13 ވަނަ ދުވަހުގެ 13:00 އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ހުޅުމީދޫގައި 11 ގެސްޓްހައުސްއާއި 2 ސިޓީ ހޮޓެލެއް ތަރައްޤީކުރުމަށް މުޅި ޖުމްލަ 13 ޕްލޮޓުގެ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 10 ކޮޓަރީގެ ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ދޫކުރާ 6 ޕްލޮޓާއި، 15 ކޮޓަރީގެ ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ދޫކުރާ 4 ޕްލޮޓާއި، 25 ކޮޓަރީގެ ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރާ 1 ޕްލޮޓެވެ.

މީގެ އިތުރުން، 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް 1 ޕްލޮޓާއި، 35 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް 1 ޕްލޮޓުގެ ބިން ދޫކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި، ކުއްޔަށް ދޫކުރާ ބިންތައް ހިމެނޭ ސަރަހައްދުތަކާއި، ލޮޓް ނަންބަރުތަކުގެ އިތުރުން، ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިނާ ގުޅޭ ޗާޓެއްވެސް ވަނީ ހިމަނާފަ އެވެ.

މި ސަރަހައްދު ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ