ޖެހިޖެހިގެން 9 އަހަރު ލިބުނު އެވޯޑެއް ރާއްޖެއަށް ގެއްލި ސީޝެލްސްއަށް ލިބިއްޖެ

Advertisement

އެންމެ ފަސް

Advertisement

ފާއިތުވި 9 އަހަރު ރާއްޖެއަށް ލިބުނު އެވޯޑެއް މިއަހަރު ސީޝެލްސްއަށް ލިބިއްޖެ އެވެ.

ވޯލްޑް ޓްރެވެލްސް އެވޯޑް 2025 ގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވަނަތައް އިއްޔެ ހޮވާފައިވާއިރު ރާއްޖެއަށް ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން އެވޯޑް ގެއްލިފަ އެވެ. މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެއިން ހޯދަމުން އަންނަ އެވޯޑެކެވެ.

އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަން އެވޯޑް ސީޝެލްސްއަށް ލިބިފައިވާއިރު މިއީ އެ ގައުމަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑުވެސް ރާއްޖެއަކަށް ނުލިބުނެވެ. މި އެވޯޑަކީވެސް މިދިޔަ އަހަރު ރާއްޖޭން ހޯދި އެވޯޑެކެވެ. މި އެވޯޑުވެސް މިއަހަރު ލިބުނީ ސީޝެލްސް އަށެވެ.

ވޯލްޑް ޓްރެވެލްސް އެވޯޑް 2025 ގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެވޯޑްތަކުގެ ތެރެއިން ރާއްޖެއަށް ލިބިފައިވަނީ އެ ކެޓަގަރީގެ އެންމެ ފަހުރުވެރި އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިޒޯޓުތަކަށްވެސް އެވޯޑްތައް ލިބުނެވެ. އެގޮތުން 20 އެވޯޑެއް ރާއްޖޭގެ އެކި ރިޒޯޓުތަކަށް ވަނީ ލިބިފަ އެވެ.

އިންޑިއަން އޯޝަން ކެޓަގަރީން ޖުމުލަ 52 އެވޯޑެއް ދީފައިވާއިރު ރައްޖޭން ވަނީ 22 އެވޯޑެއް ހޯދާފަ އެވެ. ވޯލްޑް ޓްރެވެލްސް އެވޯޑް 2025 ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ބަހުރެއިންގަ އެވެ. އެ ހަފްލާގައި ވޯލްޑް ޓްރެވެލްސް އެވޯޑްގެ އެންމެ ފަހުރުވެރި އެވޯޑުކަމަށްވާ ވޯލްޑްސް ލީޑީން ޑެސްޓިނޭޝަން އެވޯޑް ލިބޭ ގައުމު އިއުލާން ކުރާނެ އެވެ. ރާއްޖެއިން ވަނީ ފާއިތުވި 5 އަހަރު އެ އެވޯޑް ހޯދާފަ އެވެ.

ވިޒިޓް މޯލްޑިވްސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ