މިއަދު މިދެކެނީ މާ އުފާވެރި ވެރިކަމެއް: މިނިސްޓަރު ނާޒިމް

Advertisement

އެންމެ ފަސް

Advertisement

މިއަދު މިދެކެމުންދަނީ އަދި ހިއްސާކުރަމުންދަނީ މާ އުފާވެރި ވެރިކަމެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މީރޭގައި ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރުން ހުރިހާ ސިޔާސީ ފަރާތްތަކަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ވެރިކަމުގެ ބާރު އަދި ޕީއެންސީގެ ވެރިކަން ލިބިލެއްވިހިނދު ރައްޔިތުންނަށް ރައީސް ދައްކުވައިދެއްވީ އަދި ހުޅުވާލަދެއްވީ އަމާންވެއްޓެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މީގެ ކުރިއާ ހިލާފަށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެއްވެސް ސިޔާސީ ބޭފުޅަކު ހައްޔަރު ކުރަށްވާފައިވެސް ނުވާކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު އަކީ މިނިސްޓަރުނާއި ގާތުން މަސައްކަތް ކުރަށްވާ ފަރާތެއް ކަމަށާއި އެގޮތުން ގައުމުގެ ތަރައްގީ އާއި އެހެނިހެން ކަންކަމުގައި ސިޔާސީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށް ކެނޑިނޭޅި ރައީސް ތަކުރާރު ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމުގެ ހާލަތާއި މެދު ދިވެހި ރައްޔިތުން މާޔޫސްވެ ކަންބޮޑުވެފައިތިބި ދަންޑިވަޅެއްގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ފެއްޓެވީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކަމަށާއި ދިވެހި ގައުމު އޭރުގައި އޮތީ މިއިން އެއްވެސް ފަހަރަކު ދިވެހީން ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި ކަމަށެވެ.

އަދި ވިދާޅުވި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށާއި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އޭރު އާންމުވެފައިވާ ކަމަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ޕީއެންސީ ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ