ދީނީ، އިޖުތިމާއީ ހަމަތަކުގެ ތެރެއިން އީދު ފާހަގަކުރަން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

އީދުގެ ހަރަކާތްތައް ފާހަގަކުރުމުގައި ދީނީ އަދި އިޖުތިމާއީ ހަމަތަކުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، އީދު ފާހަގަކުރަނީ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމަށް ކަމަށެވެ. އަދި މިއީ ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުމަށްވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

އެލްޖީއޭއިން ބުނެފައިވަނީ އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުސޫލުތަކުގެ ތެރެއިން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ ކައުންސިލުތަކުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކަކީ އިސްލާދީނުގެ ހަމަތަކުގެ ތެރެއިން ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް އެދިފައިވެ އެވެ.

މީގެއިތުރުން އެލްޖީއޭއިން ވަނީ، މިފަދައިން ހިންގާ އީދު ހަރަކާތް އިންތިޒާމުކުރާއިރު، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެގޮތަށް ކަންކަން ރޭވުމަށްވެސް ކައުންސިލްތަކަށް އަންގާފަ އެވެ.

މިއަހަރުގެ އަޟްހާ އީދަކީ ޖޫން 6 އެއްވާ ހުކުރު ދުވަހެވެ. މިއަހަރު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަނީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން އެވެ. އީދަށް މިއަދު ގިނަ ބަޔަކު ވަނީ މާލެ ދޫކޮށް ރަށްތަކަށް ފުރާފަ އެވެ.

އަޟްހާ އީދު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ