މިއަދު ބ. ދޮންފަނު ރައްޔިތުން މުޒާހަރާކުރީ ދޮންފަނުގެ އިހުތިސޯސް ތެރޭގައި ކަމަށް ދޮންފަނު ކައުންސިލުންބުނެފި އެވެ.
ޖަވިޔަނިއަށް މައުލޫމާތު ދެއްވަމުން ދޮންފަނު ކައުންސިލުން ބުނީ، ޑައިވިނަށް ދިޔަމީހުން ޑައިވިނަށް ދިޔައީ ދޮންފަނުގެ ރައްޔިތުން މުޒާހަރާކުރި ސަރަހައްދައް ކަމަށެވެ.
މީގެ އިތުރުން، އެ ސަރަހައްދު ޑައިވިން ނުކުރެވޭ ގޮތަށް ބަންދުކުރުމުގެ ކުރިން އެލްޖީއޭ އަދި މީލްޑިވްސް ޕޮލިސް ސާވިސްއިން ހުއްދަ ނަގާފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.
ހަނިފަރު ސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު ފަރާތަކުން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ދޮންފަނު މަސް ބޯޓެއް ކައިރިވާ ތަނެވެ. އަދި އޭގައި ތިބި ދިވެހިން އަންގަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދޮންފަނަށް ކުރެއްވި ޒިޔާރަތެއްގައި އެ ރަށުން 13.59 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވިއެވެ.
އެ މަސައްކަތަކީ ރައްޔިތުންގެ އެދުމަށް ވައުދުވެފައިވާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުން މިހާރު ބިން ހިއްކަން ބޭނުންނުވާ ކަމަށް މައުލޫމާތު ލިބިފައިވާތީ، މި މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ފަހުން އިއުލާން ކުރެއްވިއެވެ. އަދި އެކަން ރަސްމީކޮށް ކައުންސިލަށް ސިޓީއަކުން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ނިންމުމާ ގުޅިގެން ދޮންފަނު ކައުންސިލުން ވަނީ ބިންހިއްކުމުގެ ބައި އުނިކުރުމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން، ރަށުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަޙައްދުގައި ކުރިއަށް އޮތްތަނުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.