ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭން ތިން ވަނަ ފަހަރަށް ބަދަލުކޮށް، އެ ޕްލޭނާ އެއްގޮތަށް ގުރު ނެގުން މިއަދު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފި އެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރު ނެގުން އޮންނާނީ މިއަދު މެންދުރުފަހު 14:30 ގައި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. މި ބަދަލާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސް، އައު ލޮޓް ނަންބަރުތަކެއް ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި؛
- 1250 އަކަފޫޓުގެ 684 ގޯއްޗާއި،
- 1650 އަކަފޫޓުގެ 1242 ގޯތި،
- 2050 އަކަފޫޓުގެ 923 ގޯތި،
- 2450 އަކަފޫޓުގެ 479 ގޯތި،
- 2850 އަކަފޫޓުގެ 158 ގޯތި،
- 3250 އަކަފޫޓުގެ 49 ގޯއްޗާއި،
- 3650 އަކަފޫޓުގެ 22 ގޯތި ހިމެނެ އެވެ.
ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި، ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.
ގުރު ނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެންނާނެ ކަމަށާއި، އެފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އިވެންޓް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ލައިވްކޮށް ދައްކާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅީފަޅު
