އެސްއޯއެފްގެ މުދަލެއް ނެތުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު ލިބޭނެ ގޮތެއް ނެތް

Advertisement

އެންމެ ފަސް

Advertisement

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ ނަމުގައި މުދަލާއި ފައިސާ ނެތުމުން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ 10.7 މިލިއަން އެމެރިކާ ޑޮލަރު ނެގޭނެ ގޮތެއް އަދި ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެސްއޯއެފްއިން އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ 10،708،271 އެމެރިކާ ޑޮލަރަކީ އެސްްއޯއެފްއިން ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށާއި އެ ފައިސާ ހަ މަސްތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ 2017 ސެޕްޓެމްބަރު 17 ގައި ހުކުމް ކޮށްފަ އެވެ.

މި ފައިސާ ހޯދުމަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް 2023 ވަނަ އަހަރު އެމްއެމްޕީއާރްސީން ސިވިލް ކޯޓަށް ހުށަހެޅުމުން، އެސްއޯއެފްގެ އާމްދަނީއާ މުދަލާއި ގުޅޭ މައުލޫމާތު ސިވިލް ކޯޓުން ވަނީ ސާފުކޮށްފަ އެވެ. އެގޮތުން ބެލިބެލުމުން އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި އެއްވެސް ފައިސާއެއް ނެތްކަމާއި އެ ފަރާތުގެ ނަމުގައި އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް ރަޖިސްޓްރީ ކޮށްފައިނުވާކަމާއި، އެ ފަރާތުގެ ނަމުގައި އެއްވެސް އުޅަނދެއް ރަޖިސްޓްރީ ކޮށްފައިނުވާކަމާއި، އަދި އެ ފަރާތުގެ ނަމުގައި އެއްވެސް ގޯއްޗެއް ނުވަތަ އިމާރާތެއްވިޔަސް ރަޖިސްޓްރީ ކުރެވިފައި ނެތްކަން އެނގުނު ކަމަށް ސިވިލް ކޯޓުން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިކަން އެނގޭނަމަ އެ ލިޔުމެއް ނުވަތަ އެ މައުލޫމާތަކާއެކު ސިވިލް ކޯޓަށް މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އެމްއެމްޕީއާރްސީއަށް ލިބިގެންވާގޮތަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ.

އެސްއޯއެފްގެ ވެރިންގެ ގޮތުގައި ތިބި މ. ލޭންޑް އޮފް ގާރޑެން، އަހްމަދު އިޝްފާހް އަލީ، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން (އޮއިއްޓޭ) އާއެކު ދައުލަތުން މީގެކުރިން ހެދި އިމިޔުނިޓީ އެއްބަސްވުންތައް މިއަހަރުގެ ޖެނުއަރީ މަހު ޕީޖީ އޮފީހުން ވަނީ އުވާލާފަ އެވެ.

2015 ވަނަ އަހަރު ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތަކީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހިޔާނާތެކެވެ. މި މައްސަލައިގައި އޭރުގެ ނައިބުރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޒިޔަތުގެ މައްޗަށް ކުށްސާބިތުވެ ހުކުމް ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތް ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ