އިންޑިއާ، ޕާކިސްތާން ހަނގުރާމައާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ވިސްނަންޖެހޭ: ތޯރިގް

Advertisement

އެންމެ ފަސް

Advertisement

އިންޑިއާ، ޕާކިސްތާން ހަނގުރާމައާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާމެދު ވިސްނަންޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ތޯރިގް ވިދާޅުވީ، މި ސަރަހައްދުގެ ބޮޑު ދެ ގައުމެއްގެ މެދުގައި ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުންދާއިރު ދެ ގައުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް ކުރެވެން އޮތް މަސައްކަތެއް ކުރުން މުހިންމު ކަމަށެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖެއަށް ކުރިމަތިވެދާނެ މައްސަލަތައް އަދި ދިމާވެދާނެ ކަންކަމަށް ވިސްނާ ސަރުކާރުން އަޅާނެ ފިޔަވަޅުތަކާމެދު ވިސްނަންޖެހިފައި އޮތް ކަމަށް ތޯރިގް ވިދާޅުވި އެވެ.

އެގޮތުން އެންމެ ބޮޑު ކަމަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ދެގައުމުން ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާއިރު ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި އެ ގައުމުތަކުން އެކްސްޕޯޓް ނުކުރުމަކީ ވެދާނެ ކަމެއް ކަމަށް ތޯރިގް ވިދާޅުވި އެވެ. އެފަދަ ހާލަތެއްގައި އެހެން ސަރަހައްދަކުން ރާއްޖެއަށް ކާބޯތަކެތި ގެނެވޭނެގޮތަކާމެދު މަޖިލީހާއި ސަރުކާރުން ވިސްނަންޖެހިފައިވާކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ފައިދާ ވަގުތީގޮތުންވެސް ހުއްޓިދާނެކަމަށް ޓަކައި އެކަމަށްވެސް ވިސްނާ އެހެން އެއާލައިންތަކުގައި ފަތުރުވެރިން ރާއްޖެ ގެނެވޭނެގޮތަކަށް ތައްޔާރަށް ތިބުން މުހިންމު ކަމަށެވެ.

”އަޅުގަނޑަށް އެނގޭ ސަރުކާރުން ހާއްސަކޮށް އެ ސަރަހައްދުގެ ދިމާވަމުންދާ މައްސަލަތަކާދޭތެރޭ މިހާރުވެސް ވިސްނާ ފިޔަވަޅުތަކެއް އަޅަމުންދާނެ.“ ތޯރިގް ވިދާޅުވި އެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ މި ވަގުތަކީ ގައުމު ހަލަބޮލި ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. ކައިރި ގައުމުތަކުގައި ބޮޑު ހަނގުރާމައެއް ތައްޔާރުވަމުންދާއިރު މިވަގުތަކީ ރާއްޖޭގެ އެތެރޭގެ ބޮޑެތި މައްސަލަތައް ހިލުވައިގެން ސަރުކާރަށް އުނދަގޫކުރަންޖެހޭ ޒާތުގެ ވަގުތެއްނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ގައުމުގެ މަސްލަހަތު ނަގާލުމަކީ މިވަގުތު ކުރެވޭނެ އެންމެ ނުބައިކަންތައް ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ