އިންޑިއާގެ ހަމަލާތަކުގެ ސަބަބުން، ޕާކިސްތާނުގެ ހުރިހާ ސްކޫލް، ކޮލެޖެއްވެސް ބަންދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއާ ޕާކިސްތާނާއި ދެމެދު މިސައިލް ހަމަލާތައް ބަދަލުކުރަން ފެށުމާއި ގުޅިގެން ދަވަރުންގެ ރައްކާތެރިކަމަށް ޕަކިސްތާނުގެ ވެރިރަށް، އިސްލާމާބާދުގެ ސުކޫލް ކޮލެޖްތައް ބަންދުކޮށްފި އެވެ.

އޭގެއިތުރުން ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރާ ކަޝިމީރުގެ ހުރިހާ ސަރަހައްދެއްގެ ސުކޫލްތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އޭގެތެރޭގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައްވެސް ހިމެނެ އެވެ.

އިސްލާމާބާދު ކެޕިޓަލް ޓެރިޓަރީގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓްގެ އޮފީހުން ބުދަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިސްލާމާބާދުގެ ސަރުކާރާއި އަމިއްލަ ސްކޫލްތަކާއި ކޮލެޖްތައް އެއް ދުވަހަށް ބަންދުކުރުމަށް ނިންމާފައިވަނީ ޕާކިސްތާނު-އިންޑިއާ ބޯޑަރުގައި މިވަގުތު އޮތް ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރިކުރުމަށްޓަކަ އެވެ.

އާންމު ކްލާސްތައް ކެންސަލްކުރި ނަމަވެސް، ބުދަ ދުވަހަށް ތާވަލުކޮށްފައިވާ އިމްތިޙާންތައް ކުރިއަށްދާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެ އެވެ. އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެއްވެސް އަޕްޑޭޓެއް ނުވަތަ އިތުރު އިރުޝާދެއް ލިބޭތޯ އެ ދަރިވަރުންގެ މަރުކަޒުތަކާ ގުޅުން ބަހައްޓަން ވަނީ އަންގާފަ އެވެ.

އިންޑިއާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ