ގާނޫނާ އެއްގޮތަށް ހުށަހަޅާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީންއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ ރަޖިސްޓްރީ ނުކުރެވި ބައިވަރު ކާރުހުރިކަން ފާހަގަކޮށް މިވަގުތު ސަރުކާރުން ހައްލުކުރަންވީ ޕާކިންގެ މައްސަލަތޯ ނުވަތަ މުހިންމީ ޓެކްސީލައިން ނެރުންތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭގެ މަގުތައް ހުރިގޮތުން ޕާކްކުރުމަށް ދަތިތަކެއް ހުރިކަމަށާއި ޓެކްސީ ލިބުމުގައިވެސް ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ވެހިކަލްތައް ރަޖިސްޓްރީ ނުކުރެވިހުރިކަމަށް ބުނާ ވާހަކައާ ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވީ ގާނޫނާ އެއްގޮތަށް ހުށަހަޅާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ ކަމަށެވެ.

”ގާނޫނުގައި ކަނޑައެޅިފައި އޮތްގޮތަށް ހެދިފައިހުރި ގަވައިދުތަކުގެ ތެރެއިން އެއްވެސް ވެހިކަލެއް ރަޖިސްޓްރީކުރުމަށް ހުށަހަޅައިފިއްޔާމު ރަޖިސްޓްރީ ނުކޮށްދީއެއް ނޯންނާނެ.“ މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީލައިނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ފްލީޓްގައި ހިމެނޭނީ އިލެކްޓްރިކް ވެހިކަލް ކަމަށާއި އެހެންކަމުން މި ހިދުމަތްފަށާއިރު އެ ކާރުތައް ޗާޖު ކުރުމަށް ބޭނުންވާ ޗާޖިން ސްޓޭޝަންތަކާއި ޕާކުކުރާނެކަންވެސް ކަނޑައަޅަންޖެހޭ ކަމަށެވެ.

ޕާކިން ގަވައިދުވެސް މިހާރު ވަރަށް ފަސޭހަކޮށްފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވާޓިކަލް ޕާކިންއަށް ޖާގަދީ ބޭސްމަންޓްގައިވެސް ޕާކުކުރެވޭނެގޮތަށް އިސްލާހުކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓަރު މުހައްމަދު އަމީން ޓެކްސީ ހިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ