ކ. މާފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ ޑިޒައިން އެންޑް ބިލްޑް“ މަޝްރޫޢު 23 ޖަނަވަރީ 2023 ގައި އެމްޓީސީސީއަށް 82,599,660.36 ރުފިޔާއަށް ޙަވާލުކޮށްފި އެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތް 9 އޭޕްރިލް 2023 ގައި ފެށުނު އިރުގައި އީ.އައި.އޭ 21 މެއި 2023 ގައި ފާސްކުރެވުނެވެ. މި މަޝްރޫޢުގައި ހިމެނެނީ؛ ބަނދަރުގެ ބޭސިނާއި ޗެނަލް ފުންކުރުން، ކުރީގެ ބަނދަރު މެއިންޓަނަންސް ޑްރެޖިންގ ކުރުން، ޕޭވްމަންޓް އެޅުން، ބްރޭކްވޯޓަރ އެޅުން، ރިވެޓްމަންޓް އެޅުން، ކީވޯލް އެޅުން، ބަނދަރުގެ ބައްތިތައް ހަރުކުރުން، ސްކައުރ އޭޕްރަން އެޅުން، މޫރިންގ ބޮއި އެޅުން، ރޭމްޕާއި ސިޑި އެޅުން، ކަނެކްޓިވިޓީ ބްރިޖް އެޅުން އަދި ކޮންކްރީޓް ޖެޓީ އެޅުމެވެ.
ރޭމްޕާއި ސިޑި އެޅުން، ކަނެކްޓިވިޓީ ބްރިޖް އެޅުން އަދި ކޮންކްރީޓް ޖެޓީ އެޅުމެވެ. މި މަޝްރޫޢު ފައިނޭންސްކޮށް ކޮންސަލްޓްކުރަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ
އެމްޓީސީސީން ”ޖަވިޔަނި“ އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ މިހާތަނަށް ސަރުކާރުން 123 އައު މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ. އަދި މި މަޝްރޫއުތަކުގެ އިތުރުން ޕްރައިވެޓް ތިން މަޝްރޫއެއްގެ މަސައްކަތްވެސް އެ ކުންފުނިން ކުރިއަށް ގެންދެ އެވެ.
މިވަގުތު އެމްޓީސީސީން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއު އޭޕްރީލް 30 ވަނަ ދުވަހު ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނާ ގޮތުގައި މިއަހަރުގެ ތެރޭގައި 35 އާއި 55 އާ ދެމެދުގެ އަދަދެއްގެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި މި މަޝްރޫއުތައް ނިންމުމަށް ޕްލޭންކޮށް، އެކަމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ކ. މާފުށި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)