ފުލުހުންގެ ހިދުމަތުން ކުރީގެ ކޮމިޝަނަރު ސުޖާއު ރިޓަޔާ ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ހިދުމަތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވި އަލީ ސުޖާއު، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި އެވެ.

މިކަން ފުލުހުންގެ އިންޓަރނަލް މެމޯއަކުން ވަނީ ހުރިހާ ފުލުހުންނަށް އަންގަވާފައެވެ.

ސުޖާއު ރިޓަޔަރ ކުރެއްވިއިރު، 9 ވަނަ ފަންގިފިލާއިން މަތިން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވި ހައްވާ ޔުމްނާ ރަޝީދުގެ ތަހުގީގު ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އޭނާ މަގާމުން ދުރުވުމަށް ޒުވާނުން ދިޔައީ ގޮވައިލަމުންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން ސުޖާއު ރިޓަޔަރ ކުރެއްވީ އޭނާ އިސްތިއުފާ ދެއްވި ދުވަހު އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން އެ މަގާމަށް ފަރުހާދު ފިކުރީ އައްޔަންކުރެވުނު ނަމަވެސް، އެ މަގާމަށް އައްޔަންކުރިތާ އެއް ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ފަރުހާދު ފިކުރީ މަގާމުން ވަކިކުރުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކޮށްފައިވަނީ އިސްމާއިލް ނަވީން އެވެ. އަދި ނަވީން ވަނީ ޔުމްނާގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އެންމެ އިސްކޮށް ހަރަކާތްތެރިވުމަށް ހަމަޖައްސާފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ