ތެރަޕީ ފައިސާ ލަސްވަނީ ލިޔެކިޔުން ފުރިހަމަނުކޮށް ހުށަހަޅާތީ: އެންސްޕާ

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ބައެއްފަހަރު ލަސްވަނީ ލިޔެކިޔުން ފުރިހަމަނުކޮށް ހުށަހަޅާތީ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާ ޕެޓިޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

ގަވައިދުން މަހުން. މަހަށް ކުދިންނަށް ލިބެންޖެހޭ ތެރަޕީ ފައިސާ ނުލިބޭތީ ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ތެރަޕީ މެދުކެނޑޭ ކަމަށެވެ. އަދި ތެރަޕީގެ ކޯޓޭޝަން ހުށަހެޅުމުން މަދުން ފައިސާ ލިބޭކަންވެސް ފާހަގަ ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އެންސްޕާގެ ސީއިއޯ ހީނާ ވަލީދު ވިދާޅުވީ، ތެރަޕީ ފައިސާ ލިބުން މެދުކެނޑެނީ ބައެއް ފަހަރު ލިޔެކިޔުން ފުރިހަމަނުކޮށް ހުށަހަޅާތީ ކަމަށެވެ. ހީނާ ވިދާޅުވީ ތެރަޕީ ފުރިހަމަކުރުމަށްފަހު ފައިސާ ސްލިޕްތައް އެންސްޕާއަށް ހުށަހަޅަންޖެހޭ ކަމަށާއި އަދި ބައެއްކަހަލަ އަދަދުތައް ދިމާވާންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު އެ އަދަދުތައް ދިމާނުވެދާތަން އަންނަ ކަމަށާއި އަދި ހުށަހަޅަންޖެހޭ ބައެއްކަހަލަ ލިޔެކިޔުންވެސް ހުށަނާޅާކަން ހީނާ ފާހަގަ ކުރެއްވި އެވެ.

ލިޔެކިޔުން ފުރިހަމަ ނުވާނަމަ ފައިސާ ދޫކުރުމަށް ދަތިވާނެ ކަމަށާއި އަދި ލިޔުންތައް ފުރިހަމަނަމަ މެދުނުކެނޑި ފައިސާ ދެވޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެއިތުރުން ބައެއް ކުދިންނަށް ބޭނުންވާ ބޭސް ނުލިބޭކަމަށް ދެކެވޭ ވާހަކަ ހީނާ ދޮގުކުރެއްވި އެވެ. ހީނާ ވިދާޅުވީ ބޭހެއް ނުލިބިގެން އެންސްޕާއަށް ގޮސްފިނަމަ އެ ބޭހެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހީނާ ވަލީދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ