މ. މުލީ އެއާޕޯޓަށް ހުކުރު ދުވަހު ޓެސްޓް ފްލައިޓު ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިންބުނެފި އެވެ.
ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން މިހެން ވިދާޅުވެފައި ވަނީ ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުންނެވެ.
މުބީން ވިދާޅުވީ، ގޮތުގައި ފްލައިޓް ދަތުރު ބޭއްވުމަށް ތާވަލުކުރަމުން ދަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 03:45 އަށެވެ.
”ފުލައިޓް މިކޮޅުން ފުރާނެ 02:30 ގަ އެކޮޅަށް ޖައްސާނީ 03:45 ހާއިރު“
މުލީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ފަށާފައި ވަނީ އޮގަސްޓް 2021 ގަ އެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކި އެވެ. އަދި 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރިއިރު، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކޮށްފައިވެ އެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކޮށްފައިވެ އެވެ.
މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެ މަޝްރޫއު ފުރިހަމަ ކުރެވިފައެއްނުވެ އެވެ. އެހެންކަމުން، އެ ރަށުގެ އެއާޕޯޓު ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މ. މުލި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)