އިސްލާހު ގެންނައިރު ޕެންޝަނަށް މިހާރު ލިބޭ އެއްޗެއް މަދުވުމަކީ އެދެވޭގޮތެއް ނޫން: ޕެންޝަން އޮފީސް

Advertisement

އެންމެ ފަސް

Advertisement

ޕެންޝަން ދެމުންދާ އުސޫލަށް އިސްލާހު ގެންނައިރު ޕެންޝަންގެ ގޮތުގައި މިހާރު ލިބޭ އެއްޗެއް މަދުވުމަކީ އެދެވޭގޮތެއް ނޫން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ބޭފުޅުން އަދި ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންވަނީ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ޕެންޝަންގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ، ޕެންޝަނަށް ކުރަންޖެހޭ ހަރަދު އެތައްގުނައެއް ބޮޑުވަމުންދާ ކަމަށާއި ޕެންޝަންގެ ނިޒާމަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިހާރުވެސް ޕެންޝަން ލިބޭ ގިނަ ފަރާތްތަކެއްތިބިކަން ފާހަގަކުރައްވާ ސުޖާތާ ވިދާޅުވީ، ޕެންޝަންގެ ކަންކަމަށް އިސްލާހު ގެނެވޭއިރު، ބަޔަކަށް މިހާރު ލިބެމުންދާ އެއްޗެއް ހުއްޓޭނެގޮތަށް ނުވަތަ މާބޮޑަށް މަދުވެގެން ދާނެގޮތަށް އިސްލާހު ގެނައުމަކީ އެދެވޭ ގޮތަކަށް ނުވާނެ ކަމަށެވެ.

ސުޖާތާ ވިދާޅުވީ އަމަލުކުރަންމުންދާ ޕެންޝަންގެ ޤާނޫނުގެ ބޭރުން އެހެން ސްކީމްތައް ހިންގުމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މީގެއިތުރުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ސުޖާތާ ވިދާޅުވީ، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ 65 އަހަރުންމަތީގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށާއި މިކަމަކީ ޕެންޝަނަށް ކުރާ ހަރަދުވެސް އިތުރުވާނެ ކަމެއް ކަމަށެވެ. އަދި އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ދައުލަތުން ޕެންޝަނަށް ކުރަންޖެހޭ ހަރަދު ސަސްޓެއިނަބަލް ނުވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، މަގާމުން ރިޓަޔާ ކުރާ ފަރާތްތަކަށް ޕެންޝަން ލިބޭއިރު މިފަދަ ބައެއް ފަރާތްތަކުން ރިޓަޔާ ކުރާފަހުން ދައުލަތުގެ އެހެން މުއައްސަސާތަކުގައިވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މިކަމަކީ ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ޕެންޝަން އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ