ފަލަސްތީން ރައްޔިތުންގެ ހައްގުގައި މިރޭ ”އުންމަތް ފަލަސްތީނާއެކު“ މި ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމަކީ އެތަށް ޖަމިއްޔާއަކުން ގުޅިގެން ކުރިއަށް ގެންދާ ހިނގާލުމެކެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
ސޯޝަލް ސެންޓަރު ކުރިމަތިން ފެށުމަށްފަހު މަޖީދީ މަގުން ކުރިއަށް ގޮސް ހިނގާލުން ނިންމާލާނީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެއަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ލިބެ އެވެ.
މި ހިނގާލުމުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގައި އުފައްދާފައިވާ ސްޕޯޓްސް ކްލަބުތަކާއި ދީނީ ޖަމާއަތްތަކާއި މަސްވެރިންގެ ޔޫނިއަންގެ އިތުރުން ބައެއް ފިހާރަތައްވެސް ހިމެނެ އެވެ.
މިއީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ރާއްޖެއަށް އެޅޭނެ އިތުރު ފިޔަވަޅުތަށް އަޅައިދިނުމަށް ސަރުކާރަށް ގޮވާލުމަށާއި ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކައިދިނުމަށް ބާއްވާ ހަރަކާތެކެވެ.
ރާއްޖެއިން ވަނީ މިދިޔަ އަންގާރަ ދުވަހު އިޒްރޭލް ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ބިލު ފާސްވުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ކުރައްވާފަ އެވެ. މި ނިންމުމާއެކު ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބިގެން ދިޔަ އެވެ. އަދި ގިނަ ބައެއްގެ ތައުރީފްވެސް ލިބިގެން ދިޔަ އެވެ. އެގޮތުން ހަމާސް ޖަމާއަތުންވެސް ވަނީ ރާއްޖެއަށާއި ރައީސް މުއިއްޒަށް ޝުކުރު އަދާކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާއެކު ދިވެހިން