ކުރުސީ އެކައުންޓު ހިންގަނީ ޔޫރަޕުގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ ލީޑަރެއް: ރަޝިޔާ

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މީޑިއާގައި ”ހަސަން ކުރުސީ“ ގެ ނަމުގައި އެކައުންޓެއް ހިންގަމުންދާ ފަރާތަކީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުންނަ ރާއްޖޭގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށް ރަޝިޔާއިން ބުނެފި އެވެ.

މި މައުލޫމާތު ހާމަކުރައްވާފައިވަނީ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ލިވަން ޖަރުކަ އެވެ. ސަފީރު ވިދާޅުވި ގޮތުގައި މި އެކައުންޓު ހިންގާ ފަރާތަކީ ކާކުކަން ރަޝިޔާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގެ އެވެ.

”މި އަނޯނިމަސް ޕޯސްޓުގެ ފަހަތުގައި ހުރި މީހާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،“ ސަފީރު ޖަރުކަ ވިދާޅުވި އެވެ. އަދި ”ރަޝިޔާ އާއި އެމެރިކާ އާ ދެމެދު މިހާރު ކުރިއަށްދާ ބިނާކުރަނިވި ޑައިލޮގަށް ހުރަސްއެޅުމުން ދުރުހެލިވުމަށް އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ގޮވާލަން.“ އޭނާ އިތުރަށް ވިދާޅުވި އެވެ.

މި މައްސަލަ މިހާ ސީރިއަސްކޮށް ރަޝިޔާއިން ނަގަމުންދަނީ އިއްޔެ ކުރީގެ އެކައުންޓުން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްތުގައި ބުނެފައިވަނީ ރާއްޖެގެ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމަށެވެ. އަދި އެ މައްސަލަ އެމެރިކާގެ އިދާރާތަކުން ތަހުޤީޤްކުރަމުން އަންނަކަމަށްވެ އެވެ.

ސަފީރު ޖަރުކަ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ފަތުރުވެރިކަމުގެ ގުޅުމަށް މިފަދަ ފިތުނަވެރި ޢަމަލުތަކުން އަސަރެއް ނުކުރާނެ އެވެ. އަދި ރަޝިޔާގެ ފަތުރުވެރިން ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ކަމުދާ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލުގެ ގޮތުގައި ދެކެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރަށާއި، ރައީސް ޑރ. މުއުއްޒުއަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތައް ދައްކަމުން އަންނަ ”ކުރުސީ“ ގެ އެކައުންޓް މީގެކުރިން ސަސްޕެންޑްކޮށްފައިވެސްވެ އެވެ. އަދި އެ އެކައުންޓް ހިންގާ ފަރާތް، ދައްކަމުން އަންނަ ވާހަކަތައް ތަހުޤީޤްކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައިވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު، އެ އެކައުންޓް ހިންގާ ފަރާތަކާއި މެދު އެކި ފަރާތްތަކުން އެކި ވާހަކަތައް މިހާތަނަށް ހާމަކޮށްފައިވެ އެވެ. އޭރު އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އެ އެކައުންޓް ހިންގަމުންދިޔައީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު އެވެ. އަދި އޭގެފަހުން އެމަނިކުފާނުގެ ދަރިކަނބަލުން އެ އެކައުންޓް ހިންގާކަމަށްވެސް ތުހުމަތުތަކެއް ކުރި އެވެ.

ނަމަވެސް އެ ހުރިހާ ތުހުމަތެއް ނަޝީދާއި، އެމަނިކުފާނުގެ ދަރިކަލުންވެސް އޭރު ދޮގުކުރެއްވި އެވެ.

ރަޝިޔާ ރާއްޖެ - ރަޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ