ސިޔާސީ ޕާޓީތަކަށް ބަޖެޓުން 27.9 މިލިއަން ރުފިޔާ، ޕީއެންސީއަށް 13.3، އެމްޑީޕީއަށް 8.4

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 5 ސިޔާސީ ޕާޓީއަކަށެވެ.

އެންމެ ގިނައިން މެންބަރު ތިބި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި 68،968 މެންބަރުން ތިބުމުން އެޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 13.3 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުންތިބި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައި 43،755 މެންބަރުން ތިބުމުން އެޕާޓީއަށް ދޫކުރަނީ 8.4 މިލިއަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީގައި 13،826 މެންބަރުން ތިބިއިރު އެޕާޓީއަށް ދޫކުރަނީ 2.6 މިލިއަން ރުފިޔާ އެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގައި 9210 މެންބަރުން ތިބުމުން ދޫކުރަނީ 1.76 މިލިއަން ރުފިޔާ އެވެ. އަދި 9049 މެންބަރުންތިބި އަދާލަތު ޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 1.71 މިލިއަން ރުފިޔާ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީތަކަށް ކޮށްފައިވާ ޖުރިމަނާ ފައިސާ އުނިކުރުމަށްފަހު އެވެ. އެގޮތުން އަދާލަތު ޕާޓީ 35،000 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ ވަނީ 15،000 ރުފިޔާއިން ޖުރިމަނާ ކޮށްފަ އެވެ. އަދި ޕީއެންސީއާއި އެމްޑީއޭ ޖޫރިމަނާ ކޮށްފައިވަނީ 10،000 ރުފިޔާއިންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާގެ އަދަދަކީ މިއަހަރުގެ ބަޖެޓްގެ 0.01% އެވެ.

އަދާލަތު ޕަޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީއޭ އެމްޑީޕީ ޖޭޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ