ގޭސް ޝިޕްމެންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާ މައްސަލަ ހާމަކޮށްފަ އެވެ.

އޭސީސީން މި މައްސަލަ ބަލަންފަށާފައިވާއިރު މިކަމާގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ގޭސް ޝިޕްމަންޓަށް އެޑްވާސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާ އެވެ.

މި މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕީސީބީން ވަކިގޮތަކަށް ޕްރޮކިއުމަންޓް ޕޮލިސީއާކަންކަން ހަމަޖައްސާފައިވަނިކޮށް، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ފައިސާދީ އެ ފައިސާ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ގޭސް ޝިޕްމެންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާ މައްސަލައެއް މަޖިލީހުގެ ސަމާލުކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މާލިއްޔަތު ކޮމެޓީ މޯލްޑިވް ގޭސް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ