ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައެއް ބަލަނީ

Advertisement

އެންމެ ފަސް

Advertisement

ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައެއް ބަލަންފަށައިފި އެވެ.

ފުލުހުން އާމުކުރި ބަޔާނެއްގައި ބުނީ ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު މިރޭ 9:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެއީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ އެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި ހާދިސާގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމުގައި ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ