ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ މޭ މަހު ފެށޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނިލަންދޫގައި މިހާރު ޤާއިމުކޮށްފައިވާ ވެކިއުމް ނަރުދަމާ ނިޒާމަކީ 18 އަހަރު ކުރިން، 15 އަހަރުގެ މުއްދަތަށް އަމާޒުކޮށްގެން ޤާއިމުކުރި ނިޒާމެކެވެ. މި ނިޒާމަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.

އަބްދުލްމަތީން ވިދާޅުވި ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެމްޑަބްލިއުއެސްސީން ވަނީ މުޅިން އައު ޒަމާނީ ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް ނިންމާފަ އެވެ. މި އައު ނިޒާމާއެކު މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚާއްސަކޮށް ބޯކޮށް ވާރޭވެހޭ ދުވަސްވަރު މުޅި ރަށުގައި ފެންބޮޑުވެ، ނަރުދަމާތަކުން ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވަމުންދާކަން ފާހަގަކުރެވެ އެވެ.

މަތީން ވިދާޅުވިގޮތުގައި އެމްޑަބްލިއުއެސްސީން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ދިމާވަމުންދާ މި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގަ އެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ފ. ނިލަންދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ