އީދު ނަމާދަށް ހާޒިރުނުވާތީ ހުޅުމާލޭގެ މިސްކިތެއްގެ އިމާމުން ސަސްޕެންޑްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތުގައި މިއަދު އީދު ނަމާދު ކުރަން ހަމަޖެއްސި އިމާމު އަދި ބަދަލު އިމާމު ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާތީ އެ ދެ މީހުންނަށް ފިޔަވަޅު އަޅަން އަންގައިފި އެވެ.

މިސްކިތްތަކުގައްޔާއި މައިދާންތަކުގައި އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:00 ގަ އެވެ. އެހެންނަމަވެސް އެ ގަޑިއަށް އަޒީޒާ މިސްކިތުގައި ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން ހާޒިރުވެފައެއް ނުވެ އެވެ. ދެ އިމާމުން މިސްކިތަށް ނައުމުން އެ މިސްކިތުގައި އީދު ނަމާދު ފަށާފައި ވަނީ 7:15 ހާއިރު ކަމަށްވެ އެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުސޫލުގެ ތެރެއިން މައްސަލަ ބަލައި ފަސް އަހަރުދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.

ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވާތީވެ އެ މައްސަލަ ވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާ ބެހޭ ޔުނިޓަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ފިތުރު އީދު ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ