އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އުމްރާގެ އަޅުކަމަށް ސައުދިއަރަބިޔާ އަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ ކަމަށެވެ.

އޭނާ ނިޔާވީ މައްކާގެ ކޮން ހޮސްޕިޓަލެއްގައި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ހައްޖު ކޯޕަރޭޝަން އާއި އަމިއްލަ ގްރޫޕްތަކުން ކޮންމެ ރޯދަ މަހަކުވެސް އުމުރާގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ގެންދެ އެވެ. ބައެއް ގްރޫޕްތަކުން ރޯދަ މަހުގެ 15 ދުވަހުގެ އުމްރާ ދަތުރު ޕެކޭޖްތައް ގެންގުޅޭ އިރު ބައެއް ގްރޫޕްތަކުން މުޅި ރޯދަ މަހުގެ އުމްރާއަށްވެސް މީހުން ގެންދެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުމްރާ ސައުދީ އަރަބިއްޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ