އެސެޓް ރިކަވަރީ ބިލެއް ހުށަހަޅަން އޭޖީއަށް ދަންނަވަން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެސެޓް ރިކަވަރީ ބިލެއް ހުށަހަޅަން އެޓާނީ ޖެނެރަލް (އޭޖީ) އަށް ދަންނަވަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ އެސެޓް ރިކަވަރީ ޤާނޫނުގެ ނަމޫނާއާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެގޮތުން އެ ނަމޫނާ ޤާނޫނުގެ މާއްދާތަކަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ އިސްލާހުތައް ހިމެނޭގޮތަށް އެކަމާގުޅޭ ބިލެއް އެކުލަވާލައްވައި 30 އެޕްރީލް 2025 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް އެޓާނީ ޖެނެރަލްއަށް ދެންނެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވި އެވެ.

ނާޒިމްގެ މިހުށަހެޅުއްވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ތާއީދުކުރެއްވި އެވެ. އަދި މި ހުށަހެޅުން ވަނީ މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް އެޓާނީ ޖެނެރަލްސް އޮފީސް މާލިއްޔަތު ކޮމެޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ