ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ ހިކުމާ އަހްމަދު ނިޒާރު އެވެ.

ހިކުމާ އަހްމަދު ނިޒާރު މަގާމަށް އައްޔަނު ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ހިކުމާ އަހްމަދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި މަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިކުމާ އަހްމަދާ ހަވާލުކުރައްވާފައެވެ.

ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ. ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އަދި މިހާރު ދަނީ މާސްޓާސްއިން ޕަބްލިކް އެޑްމިނިސްޓުރޭޝަން ހާސިލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީފާއާބެހޭ ޓްރައިބިއުނަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ