ޑިއާޒްގެ ލަނޑާއެކު ރެއާލުން އެތުލެޓިކޯ ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ބްރަހިމް ޑިއާޒް ޖެހި ލަނޑާއެކު ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ރެއާލުން ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފެށުން ރަނގަޅުކޮށްފައެވެ. އެގޮތުން، މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ރޮޑްރިގޯ ވަނީ ލަނޑު ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ.

އެތުލެޓިކޯއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ނުވަ މެޗުން އަލްވަރޭޒް ޖެހި ހަތްވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 55 ވަނަ މިނެޓުގައި ރެއާލް މޮޅުވި ލަނޑު ކާމިޔާބުކުރީ ޑިއާޒް އެވެ. މި މެޗުގައި ޑިއާޒް ކުޅެން އެރުވީ ޖޫޑް ބެލިންހަމްގެ ބަދަލުގައެވެ. ބެލިންހަމް ހުރީ ތިން ރީންދޫ ކާޑު ހަމަވުމާ ގުޅިގެން ރޭގެ މެޗުގައި ސަސްޕެންޝަނެއްގައެވެ. ނަމަވެސް، ދެވަނަ ލެގުގައި އެތުލެޓިކޯއާ ދެކޮޅަށް ނިކުންނައިރު ބެލިންހަމް އަށް ކުޅެވޭނެއެވެ.

ރެއާލް ކުއާޓާއަށް ގޮސްފިނަމަ، ބައްދަލުކުރަން ޖެހޭނީ އާސެނަލް އާއި ޕީއެސްވީ އިންކުރެ ޓީމަކާއެވެ. އާސެނަލް އިންވަނީ ރޭ 7-1 ގެ ނަތީޖާއަކުން ޕީއެސްވީ ބަލިކޮށްފައެވެ.

ރެއާލް މެޑްރިޑް އެތުލެޓިކޯ މެޑްރިޑް ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ