ހިންމަފުށީގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެތައް ހަރަކާތެއް

Advertisement

އެންމެ ފަސް

Advertisement

ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހިންމަފުށި ސާފުކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރަށު ކައުންސިލްގެ ރައީސް ހުސެއިން ފާއިޒް ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށު ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ކައުންސިލްގެ ރައީސް ވިދަޅުވި ގޮތުގައި މިހާރުވެސް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުުން އަންނަ މަސައްކަތަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކަމަށެވެ.

ފާއިޒް ވިދާޅުވި ގޮތުގައ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާގެ ހޮނިހިރު ދުވަހު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރޭ 20:15 ގައި ރައްޔިތުންގެ ބޮޑު މާހެފުމެއް ބޭއްވުމަށްވެސް ވަނީ ބާއްވާފައިވާއިރު، މި މާހެފުން އިންތިޒާމްކުރީ ހިއްމަފުށީ ކައުންސިލުން އެރަށުގެ އެންމެހާ މުއައްސަސާތަކާއި ކުންފުނިތަކާ ގުޅިގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހާ ގުޅިގެން ރައްޔިތުންނަށް ޚާއްސަ އެހީއެއްގެ ގޮތުގައި ބިސް، މަސްދަޅު އަދި ގެރިކިރު ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ރަމަޟާން މަހުގެ ތެރޭގައި ޤުރުއާން މުބާރާތަކާއި ބަންގި މުބާރާތެއް ބޭއްވުމަށްވެސް ވަނީ ރޭވިފަ އެވެ. މި މުބާރާތްތަކުގައި ވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމާއި ގިފްޓް ޕެކް ދިނުމަށް ހަމަޖެހިފައިވާއިރު، ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް ޢުމްރާ ދަތުރެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ފާއިޒް ވިދާޅުވި އެވެ. މިއީ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

ރަމަޟާން 1446 ކ. ހިންމަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ